ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރ ރުބެން ލޮފްޓަސް-ޗީކް އިޓަލީގެ އޭސީ މިލާނަށް ބަދަލުވާން ތައްޔާރުވަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ޗީކް ހޯދުމަށް މިލާނުން ޗެލްސީއާއި މަޝްވަރާކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާއިރު، މިޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ މިލާނަށް ބަދަލުވަނީ ވަނީ 17.2 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ޗެލްސީގެ ޔޫތު ޓީމުން ސީނިއާ ޓީމަށް އައި ޗީކް އަށް ފާއިތުވި ތަނުގައި ރެގިއުލާކޮށް ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައި ނުވެއެވެ. ވުމާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ދެ ކުލަބު ކަމަށްވާ ކްރިސްޓަލް ޕަލަސްއަށާއި ފުލަމް އަށް ލޯނު އެއްބަސް ވުމެއްގެ ދަށުން ކުޅެފައެވެ. ޕްރިމިއާ ލީގުގައި އޭނާ މިހާތަނަށް 157 މެޗު ވަނީ ކުޅެފައެވެ. ޗީކް ވަނީ އިނގިރޭސި ގައުމީ ޓީމަށް 10 މެޗު ކުޅެފައެވެ.
ޗީކް ވަނީ ޗެލްސީއާއިއެކު ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އޭނާވަނީ ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސްޕަ ކަޕް ވެސް ޗެލްސީއާއި އެކު ކާމިޔާބު ކޮށްފައެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި ޗެލްސީން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ޓީމްގެ ޑިފެންޑަރ ކަލިދޫ ކުލިބާލީ މިހާރު ވަނީ ސައުދީ ލީގުގެ އަލް ހިލާލަށް ވިއްކާލާފައެވެ. މީގެ އިތުރުން ކަންޓޭ ވެސް ވަނީ ސައުދީ ލީގުގެ ޗެމްޕިއަން އަލް އިތިހާދަށް ދޫކޮށްލާފައެވެ. ޗެލްސީގެ ކީޕަރ މެންޑީ ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވުމުގެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ.
ޗެލްސީގެ އިންގެލްޑް މިޑްފީލްޑަރ މައުންޓް ހޯދުމުގެ މަސައްކަތް މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން އަންނައިރު ޔުނައިޓެޑުން ހުށަހެޅި ތިން ބިޑްވެސް ޗެލްސީން މިހާތަނަށް ވަނީ ގަބޫލު ނުކޮށްފައެވެ. ޗެލްސީގެ ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް ވެސް ވަނީ އާސެނަލް އަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!