ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މަރުވި، ރައުދާ އާތިފް ދަންޖެހިފައި ހުއްޓާ ފެނުނު މީހަކު އަދި ފޮޓޯއެއްވެސް ނުދެއްކުނު ކަމަށް ރައުދާގެ ބައްޕަ މުހައްމަދު އާތިފް ބުނެފިއެވެ.

އާތިފްގެ ފޭސްބުކުގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ މާމައަށްވެސް ޖޯއްޔެއްގައި ގިނައިރު އޮތުމުން ބުރަކަށްޓައް އަރަނީ ރޯނުގެ ގެތުންކަން އެނގޭކަމަށާއި އެހެންނަމަވެސް މަރުކޮމިޝަނުގައު ތިބި މީހުންނަށް ރައުދާގެ ކަރުގައި ހުރީ ސްކާފްގެ ނިޝާންނޫންކަން ނޭނގެނީތޯ ސުވާލު ކޮށްފައެވެ.

Ad
rt

އަދި އެނާ ބުނީ، ރައުދާގެ ކަރުގައި ހިފާ މަރާލުމުން ކަރުގަ ހިފިމީހާގެ ތިން އިނގިއްޔާ ބޮޑުވާއިނގިލީގެ ނިޝާން ހުރިކަމަށް ބަންގްލަދޭޝްގެ ރާޖްޝާހީ ޕޮލިސް އިންކުއެސްޓް ރިޕޯޓްގައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓުތަކުން، ރައުދާގެ މޫނުގައި އަނިޔާގެ ނިޝާން ހުރިކަމަށް ޕްރޫވް ކޮށްދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރައުދާއަށް ފޮނުވިކަމަށް ސީއައިޑީ ފުލުހުން ބުނި ޓްވިޓާ މެސެޖް އެކައުންޓް ހޯދުނުކަމަށް ހުސްނު ސޫދު ބުނެފައިވާކަމަށްވެސް އާތިފްގެ ޕޯސްޓްގައިވެއެވެ. އެހެންނަމަވެސް، މިހުރިހާ ހެއްކެތް ހުއްޓައި، މަރުކޮމިޝަނުން ދޮގުހަދާ ރައުދާގެ މަރުގެ ހަގީގަތް އޮޅުވާލަނީ އާއިލާ އަށް އިތުރު ހިތްދަތިކަމެއް ދޭން ކަމަށްވެސް އާތިފް ބުނެއެވެ.

މަރާލާފައިވާ މީޙުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފައިވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ. އެހެންނަމަވެސް ރައުދާގެ ބައްޕަ ވަނީ އެ ރިޕޯޓް ގަބޫލު ނުކުރާނެ ކަމަށާއި ރައުދާ ވަނީ މަރާލާފައި ކަމަށް ބުނެފައެވެ. މީގެ އިތުރުން ރައުދާ އާތިފްގެ މަރުގެ ހެކިތައް ނައްތާލުމަށް މިހާރުގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް މަސައްކަތްކޮށްފައިވާ ކަމަށް އާތިފް ވަނީ ތުހުމަތު ކޮށްފައެވެ.