އަައްޑޫ ސިޓިއަށް އަންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސިޓީ ކައުންސިލުން ހަވާ އެރުވުމަށް ނިންމާފައިވަނީ އެ ސިޓީ އަށް އަންނަ ތަރައްގީ ފާހަގަކޮށް، އުފާ ފާޅުކުރުމުގެ ގޮތުންނެވެ. އަދި ހަވާ އަރުވާނީ އައްޑޫ ސިޓީ ސްކޮއާ ގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

Ad
rt

ހަވާއެރުވުމުގެ މި ރަސްމިއްޔާތު ބާއްވާއިރު، ރައީސް ސާލިހު މިހާރުގެންދަވަނީ އެ ސިޓީ އަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އަދި ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ތަރައްގީގެ ކަންކަމާއި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން އައްޑު ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، އައްޑޫ ޓޫރިޒަމް ޒޯނުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި އެމްޑީޕީގެ ފޭދޫ އޮފީސް ވެސް ވަނީ ހުޅުވައިދެއްވާފައެވެ.

ރައީސް ސާލިހު، އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.