ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

Ad
rt

އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން ވަކާލާތު ކުރާ ޖަމިއްޔާ "ހިޔާ ޔޫނިއަން" އިން ބުނީ ފޭސް 2 ގެ ކަރަންޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިޔާގެ ހުރިހައި ޓަވަރަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ، އެ މައްސަލަ ދެނެގަނެ، ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން އަންނާތީ މިދަނޑިވަޅުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް އެހީތެރިކަން ފޯރުކޮއްދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން މިވަގުތު ކޮންމެ ޓަވަރެއްގައި ވެސް މަސައްކަތްކުރަމުން ދާނީ 1 ލިފްޓުކަމުން ކެއްތެރިކަން އިސްކުރެއްވުމަށް ވެސް އެ ޔޫނިއަން އިން ވަނީ އެދިފައެވެ.