ހދ. މަކުނުދޫގައި ޕްރީސްކޫލް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މިކަމަށް ފުރުސަތު ހުޅުވާލައި އެރަށު ކައުންސިލުން ޢާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ޕްރީސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 11 ވާ އާދިއްތަ ދުވަހުގެ މެންދުރު 11 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

Ad
rt

މި ޕްރޮޕޯސަލް ހުށަހަޅާނީ އެ ކައުންސިލްގެ މެއިލް procurement@makunudhoo.gov.mv އަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މަކުނުދޫ ކައުންސިލް އިދާރާގެ ނަންބަރު 7789355/9769038 މެދުވެރިކޮށް ނުވަތަ އެކައުންސިލްގެ އީމެއިލް procurement@makunudhoo.gov.mv މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

މަކުނުދޫގައި މިވަގުތު ނާސަރީ އަދި ބޭބީ ނާސަރީއަށް ކިޔަވައިދޭ ތަނެއް ނުހުރެއެވެ. އެހެންކަމުން މަކުނުދޫ ކައުންސިލުން އެރަށުގައި ޕްރީސްކޫލެއް ހިންގަން ހުޅުވާލާފައި މިވަނީ އެރަށުގައި އެ އުމުރުފުރާތަކުގެ ކުދިންނަށް އުނގަންނައިދިނުމުގެ ފުރުސަތު ތަނަސްކޮށްދިނުމުގެ ގޮތުންނެވެ.