މިއަހަރުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފިއެވެ.

ބީއެމްއެލުން ބުނީ މިއަހަރު ކޮމިއުނިޓީ ފަންޑުގެ އެހީއަށް ފުރަތަމަ ފިޔަވަހީގައި 10 ޕްރޮޖެކްޓެއް ހޮވިފައިވާ ކަމަށެވެ.

Ad
rt

ކޮމިއުނިޓީ ފަންޑު 2023 އެހީ ލިބޭ ޕްރޮޖެކްޓްތައް:
* ރ. ދުވާފަރުގައި ކުޑަކުދިންގެ ސްކޭޓް ޕާކު ތަރައްގީ ކުރުން - ދުވާފަރު ޒުވާނުންގެ ޖަމިއްޔާ
* ފުވައްމުލަކު ސިޓީގައި ބެލެނިވެރިންނާއި ދަރިވަރުންނަށް މަޑުކޮށްލައިގެން ތިބޭ ހިޔާވާ ތަނެއް ގާއިމްކުރުން - ދަޑިމަގު ޒުވާނުންގެ ޖަމިއްޔާ
* ގދ. ހޯޑެއްދޫގައި އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން - ހޯޑެއްދޫ ސްޕޯޓްސް
* ބ. ދަރަވަންދޫގައި ދޯދި ޕިކްނިކް އަދި ކޭމްޕިން ސަރަހައްދު ގާއިމްކުރުން - ދަރަވަންދޫ އެކުވެރި ޒުވާނުން
* ގދ. ތިނަދޫގެ ކުޅި ތަރައްގީކުރުން - ހުވަދޫ ސްއިމިން ކްލަބް
* މުލަކު ސްކޫލުގައި ރީޑިން ޕާކެއް ގާއިމްކުރުން - ކޮމިއުނިޓީ އެންޕަވާމަންޓް ލިންކޭޖް (ސެލް)
* ލ. ކުނަހަންދޫ ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން - ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް)
* ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުން - ފަޓޯ ސްޕޯޓްސް އެކަޑަމީ
* އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުން - މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް
* އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާ ހެދުން - އައްޑޫ އިކޯ ކްލަބް
*
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިހާތަނަށް އެ ފަންޑުގެ ދަށުން ވަނީ 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.