މި އަހަރުގެ ސެޕްޓެމްބަރ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ކޮކޫން ކަލެކްޝަންގެ ޖޯއީ އައިލެންޑް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖޮބް ފެއާތަކެއް ބާންވަ ނިންމައިފިއެވެ.
ކޮކޫން ކަލެކްޝަންއިން މި އަހަރު ސެޕްޓެމްބަރ މަހު ޖޯއީ އައިލެންޑްގެ ނަމުގައި ހުޅުވާ ރިސޯޓަކީ މާލެ އަތޮޅުގައި ހުޅުވާ ރިސޯޓެކެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ބޯޓެއްގައި ސާޅީހަކަށް މިނެޓުން ދެވޭނެއެވެ.
ޖުމްލަ ހަތް ރަށެއްގައި މި އޯޕަންޑޭ ބާއްވަން ނިންމާފައިވާއިރު، ތިލަދުންމަތީގެ ދެ ރަށެއްގައި އޯޕަންޑޭ ބާއްވާނެއެވެ. މިގޮތުން އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި އޯޕަންޑޭ ބާއްވަން ނިންމާފައިވާއިރު، ހއ. ދިއްދޫގައި އޯޕަންޑޭ ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.
މީގެ އިތުރުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ތިނަދޫގެ އިތުރުން ލ ގަމުގައި ވެސް އޯޕަންޑޭތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮކޫން ކަލެކްޝަންގެ ޖޯއި އައިލެންޑް ރިސޯޓަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން ޒަންޒިބާރު ފަދަ ގައުމުތަކުގައި މިހާރުވެސް ހިންގަމުން އަންނަ ލަގްޒަރީ ރިސޯޓު ބްރޭންޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!