ށ. އަތޮޅު ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެ ކައުންސިލުގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުގެ ވެބްސައިޓް ހެދުމުގެ މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.
ލިންކް: https://www.shaviyani.gov.mv/bid
މި ބީލަމުގެ މަޢުލޫމާތު ކައުދާސް، ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެ ކައުންސިލުން ފޯރުކޮށްދޭނެއެވެ. މި ބީލަމާއި ގުޅިގެން ބޭއްވޭ ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު، އޮންލައިންކޮށެވެ. މީޓިން ލިންކް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެ ކައުންސިލުން ފޮނުވާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މި މަހުގެ 28 ވަނަ ދުވަހުގެ 10:00 ގެ ކުރިން މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މެއިލް އެޑްރެސް: projects@shaviyani.gov.mv
މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުށަހެޅުމާއި ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!