ހއ. އިހަވަންދޫ ސްކޫލް މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ކައިރި ވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނަި (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ވޭރިއޭޝަނެއްގެ ގޮތުގައި އިތުރު ކުރެވިފައިވާ އިހަވަންދޫ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

Ad
rt

މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 240 ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 7.75 މިލިއަން ރުފިޔާއަށެވެ.

ވޭތުވެދިޔު އަހަރުތަގެ ތެރޭގައި އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެއާޕޯޓް ތަރައްގީ ކުރުމާއި މަގު ހެދުމާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.