މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުޖުތަމައަށް އެހީވުމަށް އެމްޕީއެލް ގެ "ޕޯޓް ކޮމިއުނިޓީ ފަންޑު" ތައާރަފް ކޮށްފިއެވެ.

މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް ހުޅުވި މި ފަންޑާއި ގުޅޭގޮތުން އެ ކުންފުނިން ބުނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމަށް ނިންމާފައިވާއިރު، ޕްރޮޖެކްޓް ޕްލޭނާއި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން އަހަރަކު 10 މަޝްރޫއަށް އެހީވުމަށް ނިންމާފައިވާއިރު، މިއީ މުޅި ޖުމްލަ 600،000 ރުފިޔާގެ ފަންޑެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ތިން މަހަށް ހިންގާ ކުދި، 8 މަޝްރޫއު ހިންގުމަށް ކޮންމެ މަޝްރޫއަކަށް 50،000 ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެއް އަހަރު ދުވަހަށް ހިންގާ ބޮޑު ދެ މަޝްރޫއަށް ކޮންމެ މަޝްރޫޢަކަށް 100،000 ރުފިޔާ ދޭނެ ކަމަށެވެ.

އެމްޕީއެލުން ބުނީ މި ފަންޑުގެ މަޝްރޫއުތަކަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. އެކަމަކު ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެ ކަމަށް ބުނެފައި ވެއެވެ.

ޕޯޓު ކޮމިއުނިޓީ ފަންޑަށް އެދޭ ފޯމު: https://port.mv/wp-content/uploads/2023/04/PCF_Application-Form.pdf