ސައުދީ އަރަބިއްޔާއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެކަމަށް އެ ޤައުމުން ބުނެފިއެވެ.
ސައޫދީ މީޑިއާ އިން ބުނީ އެ ގައުމަށް ހަނދުފެނިފައިވާ ކަމަށެވެ. އަދި އެގައުމުގެ ތުމައިރު އެންޑް ސުދައިރު އޮބްސަވޭޓަރީގެ ސައިޓިން ކޮމިޓީން އެކަން ހާމަކޮށްފައިވާ ކަމަށެވެ.
ސައޫދީން ވަނީ މި އަހަރުގެ ރަމަޟާން މަހަކީ 29 ދުވަހުގެ މަހެއް ކަމަށް ނިންމައި، މާދަމާ އަކީ މި އަހަރުގެ ފިތުރު ޢީދުގެ ކަނޑައަޅާފައެވެ.
#BREAKING: Friday is the first day of #EidAlFitr in #SaudiArabia, the Tamir and Hautat Sudair observatories announced following sighting Shawwal crescent moon pic.twitter.com/ggHeJt4iqD
— Saudi Gazette (@Saudi_Gazette) April 20, 2023
ރާއްޖޭން ހަނދާމެދު ނިންމި ގޮތެއް ކުޑައިރުކޮޅެއްގެ ތެރޭގައި ޢިއުލާން ކުރާނެއެވެ.
ސައޫދީ އަށް މާދަމާ އީދު ކަމަށް ކަނޑައެޅިއިރު މެލޭޝިއާ، އިންޑޮނޭޝިޔާ ފަދަ ޤައުމުތަކަށް ވެސް މާދަމާ އީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!