ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް، ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިތުރު ޗޮއިސްއަކަށް މަޝްވަރާއެއް ނުކުރާ ކަމަށް އެ ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވެފައި މިވަނީ "ޔާމީން ނޫން ޗޮއިސްއަކަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ތެރޭ ހިމޭން މަޝްވަރާތަކެއް!؟" މި މައުޟޫއަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކަށް ރައްދު ދެއްވައެވެ.

Ad
rt

އެ އާޓިކަލް އަށް ރައްދު ދެއްވައި ހީނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޚަބަރު ދޮގު ކުރައްވާފައެވެ. އަދި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އިތުރު އެހެން ޗޮއިސްއަކަށް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

އިތުރު ޗޮއިސްއެއް ނެތް ކަމަށާއި ޕީޕީއެމް، ޕީއެންސީ ގެ ހުރިހާ ޗޮއިސްއަކީ ރައީސް ޔާމީން ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

އެ އާޓިކަލް ގައި ޕީޕީއެމްގެ އެކްޓިވިސްޓަކާ ހަވާލާދީ ބުނެފައިވަނީ މިހާރު ވެސް ޕީޕީއެމްގެ ތެރޭގައި އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ރައީސް ޔާމީނަށް ނުކުމެވެން ނެތް ހާލަތެއްގައި ވާދަކުރާނެ ބޭފުޅަކާމެދު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. އަދި އެކަމާ އުޅުއްވާ ދެތިން ބޭފުޅުން އެބަތިއްބެވި ކަމަށެވެ.