އުރީދޫ މޯލްޑިވްސްގެ އެމްފައިސާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ތެރެއިން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކައިގެން ކިންގްސްޓަން ޝޯރޫމް ގެ ފަރާތުން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ސައިކަލެއް ލިބޭ މި ޕްރޮމޯޝަން މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް މިދިއަ އަހަރު ހަމަޖައްސާފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގައި މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފްކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އެގޮތުން، ޕެޓްރޯލް ޝެޑްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަވެފައިވާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ގެސްޓް ހައުސް، ކްލިނިކް އަދި ސްކޫލްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.
އެމް-ފައިސާ އަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ ސުޕައެޕްއަށް http://ore.do/mf ޒިޔާރަތްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!