ކުޑަކުއްޖަކު ރޭޕްކޮށް، އެ ކުއްޖާގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލ. ކަލައިދޫ މާކަރީލައިޓް މުހައްމަދު ޝަޒްލީފްގެ މައްޗަށް އެ ހުކުމް އައީ ޖެނުއަރީ 2018 ގައި އެ ރަށު ވަލުތެރެއަށް އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެންގޮސް އެ ކުއްޖާ ރޭޕްކޮށް އަދި އެ މަންޒަރު ވީޑިއޯ ރެކޯޑްކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

Ad
rt

ޝަފްލީޒްގެ މައްޗަށް އިއްޔެ 40 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވުމުންނެވެ. އެއީ ރޭޕްގެ ދައުވާ އާއި ކުޑަކުއްޖަކު މެދުވެރިކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.

ކޮންމެ ދައުވާއަކަށް ވެސް ކޯޓުން ކަނޑައެޅީ 20 އަހަރަށް ޖަލަށްލުމަށެވެ.

އެކަމަކު އޭނާ ބަންދުގައި ދެ އަހަރާއި 1 މަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުގެ އެ ބައި އުނިކުރަން ޖެހޭނެ އެވެ.