ނިންމުންތައް ނިންމުމުގައި ގައުމުގެ މަސްލަޙަތު އިސްކުރުމަށް މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއާރްއެމް އިން މި އިލްތިމާސް ކުރީ މީލާދީ އައު އަހަރާ ގުޅިގެން، ފޮނުވޮ ތަހުނިޔާގެ މެސެޖުގަ އެވެ.
އެ މެސެޖުގައި މި ފެށުނު 2023 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެން ދާނެ އަހަރެއްކަން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ހުރިހާ ރައްޔިތުން ވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނަވައި، ނިންމުންތައް ނިންމެވުމުގައި ޤައުމުގެ މަސްލަޙަތު އިސްކުރުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒިންމާދާރުކަމާއެކީ އެންމެން ވެސް މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ވެސް ގޮވާލާފަވެއެވެ.
އައު އަހަރުގެ މުނާސަބާގައި އެމްއާރްއެމްއިން ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، އެކުވެރި ދަޢުލަތްތަކާއި އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އާ އަހަރުގެ ތަހުނިޔާ ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!