އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. މާޅޮހަށް ތައާރަފްކޮށްފިއެވެ.
އުރީދޫ އިން ބުނީ ހަނިމާދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓާ ލިބޭނެ ކަމަށެވެ. އަދި 500 ރުފިޔާއިން މަތީގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް 100 އިންސައްތަ އިތުރު ޑޭޓާ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބަ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ. އަދި އިންޓަނެޓަކީ މިހާރު އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށާއި ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށްވެސް އެންމެ މުހިންމު އެއް ވަސީލަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުންވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތާއާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!