ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ވިދާޅުވީ ގާނޫނީ އަދަދަށް ބޭނުންވާ 3،000 މެންބަރުން ހަމަނުވާ ކަމަށާއި އެހެންވެ، ޑީއާރްޕީ އުވާލަން އެ ކޮމިޝަންގެ އާއްމު ޖަލްސާގައި ނިންމާފައިވާ ކަަމަށެވެ.

Ad
rt

ޑީއާރްޕީގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، މެމްބަރުން ހަމަކުރުމަށް ތިން މަސްދުވަހުގެ ނޯޓިސްއެއް، މިިދިޔަ ޖުލައި 25 ވަނަ ދުވަހު ދީފައިވާ ކަމަށާއި އެހެންނަމަވެސް، އެ މުއްދަތުގައި ވެސް ގާނޫނީ އަދަދަށް މެމްބަރުން ހަމަވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، ޑީއާރުޕީ އުވާލުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އީސީ އިން ވިދާޅުވި އެވެ.

ޑީއާރްޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ގާނޫނުގައިވާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 3،000 މެންބަރުން ހަމަވާން ޖެހޭނެ އެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރިން އެންމެބޮޑު އެއްނަން ކަމަށްވާ ޑީއާރްޕީ އަކީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.

އެހެންނަމަވެސް މައުމޫން ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަވާފަ އެވެ. އަދި އެއަށްފަހު، ކުރީގެ ރައީސް ޔާމީން އާ ދެމެދު ވެވުނު ހިޔާލުތަފާތުވުންތަކުގެ ސަބަބާއެކު، ޕީޕީއެމް ވެސް މައުމޫންގެ އަތުން ވަނީ ބީވެފަ އެވެ.