ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލްކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުނީގެ ދެ މުވައްޒަފަކު އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފިއެވެ.
އެ ކުންފުނިން ދެ އެމްބެސެޑަރަކު ކަނޑައެޅީ، އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެންނެވެ.
އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފައިވަނީ، އާމިނަތު އިރާޝާ އާއި، އަހުމަދު ނަޖީބުއެވެ.
މި ދެ މުވައްޒަފުން އެމްބެސަޑަރުންގެ މަގާމަށް އައްޔަން ކުރުމާއެކު މިހާރު އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުޅައިގެން އެމްބެސެޑަރުންނަށް މައްސަލަތަކާއި ޚިޔާލު ހުށަހެޅޭނެއެވެ.
އެޗްޑީސީއިން ބުނީ އޭގެ ސަބަބުން ހުޅުމާލޭ ތަރައްގީކުރަން ކުރާ މަސައްކަތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޝްވަރާ ހިމަނަައި އެ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން ފަސޭހަވާނެކަމަށެވެ.
ޑިސެބިލިޓީ އެމްބެސެޑަރުންގެ މައިގަނޑު މަސައްކަތަކަށް ވާނީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ. އަދި މުޖުތަމައުގެ އެފަދަ މީހުންގެ ޚިޔާލާއި މަޝްވަރާ ފޯރުކޮށްދިނުމާއި، ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށަހެޅުމެވެ.
We are excited to announce our Disability Ambassadors among #TeamHDC on this #IDPD day.
Meet Najeeb and Irasha, both of whom will be advocating for persons with disabilities and work extensively within the organization towards biulding an inclusive society in #MyHulhumalé. pic.twitter.com/zgylMUkWKv
— HDC (@hdcmaldives) December 3, 2022
މީގެ އިތުރުން ކަންކަން ހައްލު ހޯދުމަށް މަސައްކަތްކޮށް އެ މަސައްކަތް ކުރިއަށްދާ މިންވަރު މޮނީޓާކޮށް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެޗްޑީސީއިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވުމަކީވެސް އެމްބެސެޑަރުން ކުރާނެ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!