އިދިކޮޅުން ވިއްކާނެ އެއްޗެއްނެތީ ދައްކަނީ ސާބިތުނުހިފޭ ދޮގުވާހަކަ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ ޠޫބާ ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމާޒު ހިފަނީ އިންޑިއާ ބަލިކުރުމަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުމާއި ގުޅިގެން އެއަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވަނީ، މިއަދު ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ދާއިރާގެ ވޯޓުލުން ކުރިއަށް ދަނިކޮށް، މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށްދާ ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނެވެ.
ޔާމީން ވިދާޅުވީ މިއަދުގެ އިންތިހާބަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުހިންމު އިންތިހާބެއް ކަމަށެވެ.
"ރައީސް ޞާލިޙްގެ ސަރުކާރުން މުޅިރާއްޖެ ތަރައްގީކޮށް، ރައްޔިތުންގެ ލޯބި ހޯދީމާ، އިދިކޮޅުން ވިއްކާނެ އެއްޗެއްނެތީ ސާބިތުނުހިފޭ ދޮގުވާހަކަ. ވެރިކަމުގައިހުރެ އިންޑިޔާއަށް ގޮސް ޔޫޓީއެފް އެއްބަސްވުމުގައި ސޮއި ކުރީ." އިދިކޮޅު ލީޑަރު ޔާމީން މިހެން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓުގައި ޠޫބާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން "މިފަދަމީހުންނަށް ކިޔާނެ ނަމެއްދީބަލަ" މިފަދައިން ވެސް ވަނީ ޠޫބާ ވިދާޅުވެފަ އެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!