މިއީ ދިވެހިންނަށް ލިބިފައިވާ ފަހު ފުރުސަތުކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ބޮޑު ތިލަދުން މަތީގެ ބައެއް ރަށްތަކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ކެލާގައި ކުރިއަށް ދާ ''ކެލާ ވެސް ޕީޕީއެމް'' ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް އިޙްމާލް ވަނީ ނޭނގިގެން ނޫންކަމަށެވެ.

Ad
rt

ދެން އަންނަ ފަސް އަހަރު ޖީބުތައް ޑޮލަރުން ފުރާލަދޭނެ ކަމަށް އެމްޑީޕީން ބުނަމުން އަންނަ ކަމަށާއި، ނަމަވެސް މި ފަސް އަހަރު މަސްވެރިކަމުގެ ސިނާއަތަށް އިހްމާލްވެފައި ޖީބަށް ވެއްދޭނީ ކޮން ޑޮލަރެއްތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

''މިއީ އަޅުގަނޑުމެންނަށް ލިބޭ ފަހު ފުރުސަތު، އެހެންވީމަ ވިސްނާ ލައްވާ، މިހާރު މިއޮތް ގޮތަށް ބާއްވައިގެން ބޭރު ބަޔެއްގެ އަތްމައްޗަށް ދީގެން 2023 ގައި ވެސް ތިބެން ވީތޯ؟'' ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާ ރާއްޖެގައި ތިބުމަށް މިކޯލިޝަންގެ ހުރިހާ ބައިވެރިން ވެސް ތިބީ ތާއީދު ކޮށްގެން ކަމަށެވެ. އޭގެ ތެރެއިން އަދާލަތު ޕާޓީއަށް އެއްގޮތަކަށް ވެސް ބަރީއަ ނުވެވޭ ކަމަށް ވެސް ވިދާޅުވިއެވެ.