ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)ގެ ދަރުހެއް ހުޅުމާލޭގައި ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ހޯމަ ދުވަހު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން މުފްތީ މެންކުގެ ދަރުން ބާއްވަން ހަމަޖެހިފައިވަނީ މި މަހު 31ގައެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.

Ad
rt

މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މުފްތީ މެންކް މި މަހުގެ 28 އިން 31 އަށް ރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ. މި ދަތުރުފުޅުގައި މާލޭގެ އިތުރުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މާލޭގައި ދަރުސް ދެއްވާނީ އަލިމަސް ކާނިވަލުގައި 28 ވަނަ ދުވަހު އެވެ. 29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމޖެހިފައިވާއިރު އައްޑޫ ސިޓިގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހު އެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އެ ދަތުރުފުޅުގައި ދަރުސް ދެއްވީ ކުޅުދުއްފުށި ސިޓީގައެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވިއެވެ.