މާލެ ސަރަހައްދުން ގޯތި ދޫކުރާއިރު އެމީހަކީ މާލެ މީހެއް ކަމުގައި ބަލާ އުސޫލަށް ލުޔެއް ދީފިއެވެ.

މިހާރު އޮތް އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނީ ސީދާ މާލޭގެ ރައްޔިތުންނާއި، މާލެއަށް ހިޖުރަކުރި މީހުންގެ ދަރިންގެ ތެރެއިން މާލެއަށް އުފަން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށާއި މައިމުޅަ ވުމުގެ ސަބަބުން ދަފްތަރުގައި ޖެހެން މަޖުބޫރުވެފައިވާ މާލޭގެ ރައްޔިތުންނަށެވެ.

Ad
rt

މި އުސޫލަށް މިއަދު ގެނައި ބަދަލާއި އެކު ސަރުކާރުން ތަންފީޒުކުރަމުން އައި އުސޫލެއްގެ ސަބަބުން، އެހެން ތަނެއްގައި ރަޖިސްޓްރީ ވާން މަޖުބޫރުވި މީހުންގެ ތެރެއިން މަންމަ ނުވަތަ ބައްޕަ އަކީ މާލެ މހެއް ކަމުގައިވާ މީހުންނަށް ގޯތިލިބޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެކަމަކު އެމީހުން މިހާރު މާލެގައި ރަޖިސްޓްރީވެފައި އޮންނަން ޖެހެއެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި އަދި ހުޅުމާލެއިން 1000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށްވަނީ ނިންމާފައެވެ.