ޑިއުޓީއިން ބޭރުގައި އުޅުނު 3 ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު 5 މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަމަލާދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު 12 ޖަހަން އުޅެނިކޮށް މަޖީދީ މަގު ޔޫރޯ ސްޓޯރ ކައިރިންނެވެ. މި މައްސަލާގައި މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ.

Ad
rt

އޭގެ ތެރެއިން ދެމީހަކު ހައްޔަރުކުރީ ހަމަލާއަށް މާ ގިނަ އިރު ނުވަނީސް އެރޭ އެވެ. އެއީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. މީގެ އިތުރަށް އިއްޔެ ހައްޔަރުކުރި 3 މީހުންގެ އިތުރަށް މިއަދު ހއްޔަރުކުރި 5 މީހުންނާއި އެކު ޖުމްލ 10 ހަމަވެއެވެ.

މިކަމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފަސް މީހުން އަތުލައިގަތީ ފިލައިގެން އުޅެނިކޮށް ކަމަށެވެ.

ސީޕީ ވިދާޅުވީ ރާވައިގެން މިގޮތަށް ކުށްތައްކުރާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ބާރަށް ކުރިއަށްގެންދާނެ ކަމަށެވެ.