އަތޮޅުތެރޭގެ ރަށްތަކެއްގައި ފާމަސީތައް ގާއިމްކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީ އެސްޓީއޯއާ ދެމެދު ވަނީ މިއަދު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Ad
rt

‏މި ޕްރޮޖެކްޓުގެ 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށް ފަހު އާ ފަމަސީތައް ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ހުޅުވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ފާމަސީތައް ގާއިމް ކުރާ ރަށްތަކަކީ
‏- މ. މަޑުއްވަރި
‏- އދ.ދިގުރަށް
‏- ހއ. ތުރާކުނު
‏- މ.ރަތްމަންދޫ
‏- ހއ.ތަކަންދޫ
‏- ތ.އޮމަދޫ
‏- ގއ.ކަނޑުހުޅުދޫ
‏- މ.ކޮޅުފުށި
‏- ގއ.ކޮލަމާފުށި
‏- ބ.ދޮންފަނު
‏- ނ.ލަނދޫ

އެސްޓީއޯއިން މިހާރު ވެސް އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފާމަސީގެ ހިދުމަތް ދެމުންނެވެ.