ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތައް ކުރިނބީގައި ބައްވަމުން އަންނަ ކައުންސިލް ކަޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖައްސާ މި މުބާރާތުގާއި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެރަށު ކައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވަނީ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭމަހުގެ 25 ވާ ހޯމަ ދުވަހު ކަމަށްށާއި އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ބެނުންވާ ކުޅުންތެރިން ނޮވެމްބަރ 7 ވާ ބުރާސްފަތި ދުވަހުގެ12:00 ގެ ކުރިން ކައުންސިލަށް ދުރުވެ ނަންނޯޓްކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މުބާރާތުގެ ފޯކަލް ޕޮއިން ކައުންސިލުގެ ނައިބު ރައީސް ޢަބްދުލް ފައްތާޙު އަބޫބަކުރު (9640403) އާއި ފޯނުން ގުޅުއްވައިގެން ވެސް ނަންނޯޓް ކުރެވޭނެކަމަށް އިޢުލާނުގައި ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ 25 ވަނަ ދުވަހު މި މުބާރަތް ބާއްވަން ކައުންސިލާއި ޒުވާނުން 2017 ވަނަ އަހަރު ނިއްމާފައިވާއިރު މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް -/15000 ރުފިޔާ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!