އަޅުކަންކުރުމަށް ބުދު ގެންގުޅު މައްސަލާގައި ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވީ ބިލެއްދޫގައި ބަޔަކު ބުދު ގެންގުޅޭ ކަމަށް ބުނެ އެ ރަށު ރައްޔިތުން ނިކުމެ ހަމަނުޖެހުން ހިންގައިގެންނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެ ގޭތެރެއަށް ވަދެ އެމީހުންނާއި ބުދުތައް ވެސް ނެރެފައި ވެއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލާގައި އިއްޔެ ތިން ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27، 37 އަދި 39 އަހަރުގެ މީހުން ކަމަށް ބުނެފައިވެއެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަގޮތުގައި އެމީހުން ގެންގުޅުނީ ގާތްގަނޑަކަށް އަތް ތިލަ ސައިޒުގެ ބުދުތަކެކެވެ.