މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ މެންދުރުފަހު 15:42 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ގުދަނުގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ.

މީގެއިތުރުން ފުލުހުން ބުނީ، ކާނިވާ ސަރަހައްދުގެ ގުދަނުގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވާކަމަށެވެ.