ހއ. މާރަންދޫގައި " ސައިބަރ ސެކިޔުރިޓީ " އެވެއަރނަސް ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ތައްޔާރުވެއްޖެއެވެ.

މިއީ މާރަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ)ގެ އިތުރުން މާރަންދޫ ސްކޫލާއި މާރަންދޫ ޕޮލިސް ޕޯސްޓް ގުޅިގެން ބާއްވާ ސެޝަންތަކެކެވެ.

Ad
rt

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސެޝަންތައް ޚާއްޞަކޮށްފައިވަނީ މާރަންދޫ ބެލެނިވެރިންނަށްކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

އެ ގޮތުން ފުރަތަމަ ސެޝަން ޚާއްޞަކޮށްފައިވަނީ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭން 1 ން 4 ގެ ބެލެނިވެރިންނަށެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15ގައެވެ. މީގެއިތުރުން މިރޭ 8:15 ގައި ކުރިއަށް ގެންދާނީ ގްރޭޑް 5 ން 10ގެ ބެލެނިވެރިންގެ ސެޝަންކަމުގައި ވެސް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

އެވެއަރނަސް ސެޝަންތައް އޮންނާނީ މާރަންދޫ ކަލޭފާނު ޕްރީސްކޫލްގައެވެ.