ކުޑަކުދިންގެ ފިހާރަ "މޫމޫ" މާލޭ ސިޓީގައި ހުޅުވައިފި އެވެ.
ކުޑަކުދިންގެ ކުޅޭ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ސާމާނު އެއްތަނަކުން ފޯރުކޮށްދެމުން އައި އޮންލައިން ފިހާރަ "މޫމޫ" ގެ އައުޓްލެޓް އެއް ހުޅުވާފައިމިވަނީ ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައި އެވެ.
އިއްޔެ ހަވީރު އެ ގޯޅީގައި ރޯބޯމޭންގެ ހަރަކާތްތަކާއި އެކު "މޫމޫ" ގެ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކު އެވެ. އެސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
އާންމުންނަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި ހަރަކާތުގައި "މޫމޫ" ގެ ފަރާތުން ހަދިޔާ ބަހާފައިވަނީ ކުޑަކުދިންގެ މަޤުބޫލުކަން ހޯދާފައިވާ ރޯބޯ މޭން އެވެ.
"މީ ކުޑަކުދިންގެ ޓޯއީސް އެއްޗެހި ލިބެން ހުންނަ ޝޮޕްއެއް، ނޫހީމެން ލައިކްވާނެ ވަރަށް ބައިވަރު ޓޯއީސް ލިބެން ހުންނާނެ، އަދި މަންމަމެން ލައިކްވާ އެއްޗެސްވެސް ހުންނާނެ"
މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު ބުންޏެެވެ.
އެކި އުމުރު ފުރާގެ ކުޑަކުދިންނަށް މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ އެ ފިހާރައިން ލިބެން ހުރެއެވެ. މި ބާވަތްތައް "މޫމޫ" ގެ އިންސްޓަގްރާމާއި ފޭސްބުކް އައިޑީ @moomoomv އިން ފެންނާނެ އެވެ. މި ތަކެތި އޮންލައިންކޮށް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.
މޫމޫ އިން މީގެކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ޑެލިވަރ ކޮށްދެމުން އައިސްފައިވާއިރު މި ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ލިބިގެން ދާނެކަމަށް ގަބޫލުކުރެވެއެވެ.
މޫމޫގެ މެނޭޖަރ ނޫޙް އިތުރަށް ބުނީ ކުޑަކުދިންގެ މަޝްހޫރު ބްރޭންޑް ތަކުގެ އެކި ވައްތަރުގެ ހެދުމާއި، ސެންޑްލްސް އާއި، ބޫޓާއި ކުޑަކުދިން ބޭނުންކުރާ އެކްސެސަރީޒްއަކީ މަންމަމެންގެ މެދުގައި މަގުބޫލު ބްރޭންޑް ތަކެއްކަމުގަ އެވެ.
ތަފާތު ބުރޭންޑް ތަކުގެ ކޮލިޓީ ހެދުމާއި ނިދާހެދުމުން ފެށިގެން ކުޑަކުދިންގެ ސޯފްޓް ޓޯއީސް އާއި ހަމައަށް އެފިހާރައިން ލިބެން ހުންނާނެކަމަށް މޫމޫގެ މެނޭޖަރ ނޫޙް ފާހަގަ ކުރި އެވެ.
"މޫމޫ" ބުރޭންޑުގެ ދަށުން ކުޑަކުދިން ޝައުގުވެރިވާ އިތުރު ސާމާނު ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ މާކެޓަށް ތަޢާރަފް ކުރާނެކަމަށްވެސް ނޫޙް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!