އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ ކޭން ޖަހައިދިން ދެގޯލުން ނޮޓިންހަމް ގެ މައްޗަށް ޓޮޓެންހަމް ކުރި ހޯދައިފިއެވެ.

ރޭ ޓޮޓެންހަމްގެ ފުރަތަމަ ގޯލު ކޭންޖެހީ މެޗުގެ ފަސް ވަނަ މިނިޓްގައި ކުލުސެވްސްކީގެ އެހީތެރިކަމާއިއެކުގައެވެ. މެޗުގެ ދެވަނަ ގޯލުޖެހީ 81 ވަނަ މިނެޓްގައި ރިޗާލިސަންގެ އެހީތެރިކަމާއެކުގައެވެ.

Ad
rt

މި ގޯލު ޖެހުމިގެ ކުރިން މެޗުގެ 56 ވަނަ މިނެޓްގައި ކޭން ފޮނުވާލި ޕެނަލްޓީ އެއް ނޮޓިންހަމްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. މިމެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅެފައިވަނީ ނޮޓިންހަމް އިންނެވެ.

ނޮޓިންހަމް ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ގޯލައި އަމާޒަށް ނެޓިންހަމްއަށް ފޮނުވައިލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ޓޮޓެންހަމްއިން ވަނީ 4 ހަމަލާއެއް ގޯލައި އަމާޒަށް ފޮނުވައިލައިފައެވެ. މިމޮޅާއި އެކު ދެވަނައިގައިވާ ސިޓީއާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ 3 ވަނއިގައެވެ.

ލީގުގައި މިރޭ ވުލްވްސް އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެސްޓަން ވިލާ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. ވެސްޓް ހޭމް އިން ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، އެސްޓަން ވިލާ 4 މެޗް ކުޅުނުއިރު 3 މެޗުން ވަނީ ބަލިވެފައެވެ.