ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020ގައެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކުންފުނިން ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ.

Ad
rt

އެ މަޝްރޫއުގެ ދަށުން މިދިޔަ ޖޫން މަހުގެ ތެރޭގައި ބަންޑް ވޯލްގެ މަސައްކަތް ވަނީ ނިންމައިފައެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމަށް ވްނީ ހަމަޖެހިފައެވެ. އަދި 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 186.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.