ސްރީލަންކާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.
ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ، ސަފީރުކަމުގެ ފަތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ މި ކަމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔަތެއްގައެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއާ ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމުކަމަށާއި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކޮށްދެވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވަފައެވެ.
ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ދެޤައުމުގެ މެދުގައި މިހާރު އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަނެ އެކުގައި މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެކަން ފާހަގަކުރައްވާ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވަފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ޔަޤީންކުރައްވާ ކަމަށްވެސް ވަނީ ފާހަގަކުރައްވަފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!