އިންސާފު ހޯދަން ކަމަށް ބުނެ ކުށްތަކުގެ ތުހުމަތުވާ މީހުންނަށް އަނިިޔާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އިއްޔެ ހުޅުމާލޭގައި މީހަކަށް އަނިޔާކޮށްފައި ވަނިކޮށެވެ. އަދި މި ނުނަސް މިހާރު ރާއްޖޭގައި މިފަދަ ކަންކަން ވަރަށް އާންމެވެ. އަދި މިކަމަށް ހިއްވަރުދޭ މީހުން ވެސް ގިނއެވެ.

Ad
rt

މިކަމާ ގުޅިގެން ފުލުހުން ކުރި ޓިވީޓެއްގައި ބުނީ އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ މި ހިދުމަތުން ނުހަނު ކަންބޮޑޫވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެފަދަ އަމަލުތަކެއް ކަމަށެވެ. އެހެންވެ، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެހެންވެ އިންސާފު ހޯދަން ކަމަށް ބުނެ މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.