މޯލްޑިވެސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފިއެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ ޝަހީބް މީޑިއާއިން ހިލޭ ކުރިއަށްގެންދާ ކޯހެކެވެ އޯގަސްޓް 21އިން ސެޕްޓެމްބަރު 6އަށް ރޭގަނޑު 8 އިން 10:30 އަށް އަހުމަދިއްޔާ އިންޓަނ ޝަނަލް ސްކޫލްގައި ކުރިއަށްދާ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ ، ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދ ތަމްރީނު ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ
ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބ ފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ
ގައުމ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:
1 . މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު
2 . މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު
3 . އިސްމާއިލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު
4 . ހުސެއިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު
5 . އާދަމް ހަލީމު، "މި"ގެ ސީ.އީ.އޯ/ އެޑިޓަރު
6 . ސިނާން އަލީ، ވަން އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު
7 . އަހުމަދު ޒާހިރު (ހިރިގާ) ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު
8 . އިމާދު ލަތީފު، ނިއުސް އެނަލިސްޓް
9 . މުހައްމަދު އާސިފު، މޮންދު ޕްރޮޑަކްޝަންސްގެ ސީ.އީ.އޯ
10 . މުހައްމަދު އާމިރު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!