ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރަަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިންމާލައިފައިވަނީ އިއްޔެއެވެ.
މި މަޝްރޫއުގެ ދަށުން 276 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ.
މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 90 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މީގެ އިތުރުން، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!