ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގައި ނަގާ ވޯޓުތައް ހާމަކޮށް ގެންދަން ފާސްކޮށްފިއެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަގޮތުން ނަމަ ކޮންގްރެސްގެ ވޯޓުލުން ކުރިއަށްދަނީ ސިއްރުންނެވެ. އެކަމަކު ކޮންގްރެސްގައި މިއަދު ނަގާ ހުރިހާ ވޯޓެއް ކުރިޔަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ވަކި ވޯޓެއްނަގައި އަގުލަބިއްޔަތުން ނިންމީ ހާމަކޮށް އެކަން ގެންދާށެވެ.

Ad
rt

އެގޮތުން 776 ކޮންގްރެސްމަނުން ވޯޓު ދެއްވީ ހާމަކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި 257 މެމްބަރުން ވޯޓު ދެއްވީ ސިއްރު ވޯޓެއް ކުރިޔަށް ގެންދިޔުމަށެވެ. މިއާއެކު ވޯޓުލުން ކުރިއަށްގެންދާއިރު، އެ ވޯޓެއް ލީ ކާކުކަން އެނގޭނެއެވެ.

މިހާރު ކުރިޔަށް ދަނީ އަސާސީ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މެމްބަރުން ވޯޓުލުމެވެ.