މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި ފަށަން ތައްޔާރުވަމުން އަންނަ މިނީ ބަހުގެ ޓްރަޔަލް ދަތުރުތަކެއް ބާއްވައިފިއެވެ.
އެމްޓީސީސީން މި ދަތުރުތައް ބޭއްވި މިއަދުއެވެ. މި ދަތުރުތައް ކޮށްފައިވަނީ މިނީ ބަހުގެ ޚިދުމަތުގެ ސްޓެކްހޯލްޑަރުން ކަމަށްވާ ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއެކުގައެވެ.
މިއީ މިނީ ބަހުގެ ޚިދުމަތް ދޭ ރޫޓުތައް އަމިއްލައަށް ތަޖުރިބާ ކުރުމަށް ކުރިއަށްގެންދިޔަ ދަތުރުތަކެކެވެ.
މީގެ ސަބަބުން ރަސްމީކޮށް މިނީ ބަހުގެ ޚިދުމަތް ފަށަން ވާއިރަށް ކަސްޓަމަރުންނަށް އެންމެ ފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. ނަމަވެސް އެ ޚިދުމަތް ފަށާނެ ސީދާ ތާރީހެއް އެމްޓީސީސީން އަދި ހާމަ ކޮށްފައި ނުވެއެވެެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!