ރާއްޖޭގެ އިމިގްރޭޝަނުން ދެމުން އަންނަ ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

Ad
rt

މި މައްސަލަ ހައްލުކޮށް، ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުން އަންނަ ޕާސްޕޯޓު ނެގުމަށް 1 އޯގަސްޓް 2022 އިން ފެށިގެން ނަންބަރު ދޫކުރުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 12:45 އިން 14:00 އެވެ. ނަމަވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ކޮންމެ ގަޑިއަކު ވެސް ހުށަހެޅެއެވެ.

އާންމު ގޮތެއްގައި ސްކޫލް ބަންދު ދުވަސްވަރާއި، ޢީދު ބަންދު ބަންދުފަދަ ދުވަސްތަކާއި ދިމާކޮށް ޕާސްޕޯޓު ޚިދުމަތަށް އެދޭ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެއެވެ. މިގޮތުން މި އަހަރު ޖުލައި މަހުގެ 7 ވަނަ ދުވަހު، އެ ދުވަހު އެކަނި ވެސް އިމިގްރޭޝަނުން 596 ޕާސްޕޯޓް ދޫކޮށްފަވެއެވެ.

ރާއްޖެއިން ބޭރު ގައުމަކަށް ދަތުރު ކުރާނަމަ ޕާސްޕޯޓުގެ މުއްދަތު ހަމަނުވެ ހަ މަސް އޮތްތޯ ކަށަވަރު ކުރަންޖެހެއެވެ.