މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕެލެޓު ބަހައްޓާނަމަ ޖޫރިމަނާކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައންސިލުން ބުނީ އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

Ad
rt

މާލޭގެ މަގުތަކުގައި އާންމުކޮށް ޕެލެޓު ޖަހާފައި ހުންނަނީ ފިހާރަތަކާއި ގަރާޖުތައް ކުރިމަތީގައެވެ. އަދި ލޮރީ ޕިކަޕު ފަދަ ބޮޑު އުޅަނދުތައް ޕާކުކޮށްފައި ބަހައްޓާނެ ޖާގަ ހޯދުމަށެވެ.

މިދިޔަ މާޗު މަހުން ފެށިގެން ސިޓީ ކައުންސިލުން ޕެލެޓުތައް ނަގަން ފަށާފައިވާއިރު، ޕެލެޓު ބެހެއްޓުން މަނާކޮށްފައި ވަނީ ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ފީ ދައްކައިގެން ޖާގަ ދޫކުރާ ގޮތަށް އުސޫލު ކަނޑައަޅާފައެވެ.