މާލޭގެ މައި މަގު ކަމުގައިވާ މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށްފިއެވެ.

އެ މަގުގެ ބައެއް ސަރަހައްދުތަކުގައި މީގެ ކުރިން ވެސް ޕާކުކުރުން މަނަލެވެ. އެއީ ވަކި ޕާކިން ޒޯންތައް ހުރި ސަރަހައްދުތަކެވެ. އެކަމަކު މިހާރު ވަނީ މަޖީދީމަގުގެ ހުރިހާ ސަރަހައްދެއްގައި ޕާކުކުރުން މަނާކޮށް ރޮނގު ދަމާފައެވެ. އަދި ފުލުހުން ވަނީ ކޯނު ވެސް ބަހައްޓާފައެވެ.

Ad
rt

މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށްފައި މިވަނީ މާލޭގައި އެތެރޭގައި ދުއްވާ މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުންނެވެ.

މާލޭގެ މަގުތަކަކީ ކާރޫބާރޫބޮޑު މަގުތަކެއް ކަމަށްވާއިރު، ޕާކުކުރުން މަނާކުރުރަނީ މާލޭގެ މައި ބޮޑު މަގުތަކުން ބަސް ދުއްވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ފަރީދީ މަގާއި އޯކިޑު މަގާއި އަމީނީ މަގާއި، މަޖީދީމަގުން މި އިންތިޒާމު ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.