އިނގިރޭސި ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލު އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކްރިސްޓަލްޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗް 1-1 ގެ ނަތީޖާއިން އެއްވަރުވީއިރު، ލީގުގައި ފުރަތަމަ މެޗް ފުލަމް ދަނޑުގައި ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

Ad
rt

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑްނެގީ ކްރިސްޓަލްޕެލަސްއިންނެވެ. ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 32 ވަނަ މިނިޓްގައި ޕެލަސްގެ ގޯލު ޖެހިީއެެބާރަ ޗިއެޒާ ދިން ހިތގައިމު ޕާހަކުން ވިލްފްރެޑް ޒަހާ އެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ޑާވިން ނުނޭޒް އަށްށެވެ. ހުސްކޮށްހުރެ ނުނޭޒް ފޮނުވާލި ބޯޅަ އަމާޒްވީ އަރިމަތީ ދަޑިއާއެވެ.

ބޯޅަ ނެތިސް ޕެލަސްގެ ޑިފެންޑަރު ޔަކީމް އެންޑަސަން އަށް ހަމަލާ ދިނުމުން މެޗްގެ 57 ވަނަ މިނެޓްގައި 41 އަހަރުގެރެފްރީ ޕޯލް ޓިއެނީ ވަނީ ނޫނޭޒަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވައިލާފައެވެ.

ނުނޭޒްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިތާ 4 މިނެޓް ފަހުން މެޗުގެ 61 ވަނަ މިނިޓްގައި ލިވަޕޫލްގެ ގޯލު ޖެހީ ލުއިސް ޑިއާޒް އެވެ. ޕެލަސްގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޑިއާޒް މި ގޯލު ޖެހީ އޭރިއާބޭރުންނެވެ.

ދެ ގޯލަށްފަހު ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުން ހިފޭނެ ގޮތެއްނުވިއެވެ.

އާއްމުކޮށް ރެފްރީން ކުއްވެރި ކުރާ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ރޭގެ މެޗައްފަހު ނޫނޭޒް ކުރީ ކުށެއްކަމަށާއި އޭނާ އަށް ލިބުނީ ހައްގު އަދަބުކަން ފާހަގަ ކޮށްވަނީ ވާހަކަ ދައްކާފައެވެ.

ކުރިއަށް ލިވަޕޫލަށް އޮތީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެންޖެހޭ މެޗެވެ. ލީގުގައި މި ދެޓީމަށްވެސް އަދި މޮޅެއް ހޯދިފައެއް ނެތެވެ.