އާ ސީޒަންގައި ލަލީގާ ފެށިމެޗުން 2-1 ގެނަތީޖާއިން އޮސަސޫނާއިން ސެވިއްޔާ ބަލި ކޮށްފިއެވެ.
މިއީ ވޭތުވެ ދިޔަ 11 އަހަރުތެރޭ އޮސަސޫނާ އަށް ސެވިއްޔާ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
ހުކުރު ދުވަހުގެރޭ އޮސަސޫނާގެ އެސްޓަޑިއޯ އެލް ސަޑާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ފުރަތަމަ ލީޑް ނެގީވެސް އޮސަސޫނާއިންނެވެ. މެޗްގެ 9 ވަނަ މިނެޓްގައި މި ލަނޑު އޮސަސޫނާއަށް ކާމިޔާބް ކޮށްދިނީ ރުބެން ޕެނާ ގެ އެހީތެރިކަމާއެކު އާޖެންޓީނާގެ ފޯވާޑް އެޒްކުއެލް އަވިލާ އެވެ. އޭގެ 2 މިނެޓް ފަހުން ސެވިއްޔާއިން ވަނީ ގޯލެއްޖަހާ މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މިގޯލް ކާމިޔާބް ކޮށްދިނީ ގޯމޭޒްގެ އެހީތެރިކަމާއެކު ސްޕެއިންގެ ފޯވާޑް ރަފާ މީރް އެވެ. ފުރަތަަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ.
މެޗްގެ ތިން ޕޮއިންޓް ޔަގީން ކުރި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މެޗްގެ 74 ވަނަ މިނެޓްގައި ސްޕެއިންގެ މިޑްފީލްޑަރ އައިމާ އޮރޮޒް އެވެ.
ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އޮސަސޫނާއިންވަނީ ގޯލާ އަމާޒްކޮށް 6 ހަމަލާއެއް ފޮނުވައިލާފައެވެ. ސެވިއްޔާއިން ގޯލާ އަމާޒަށް 4 ހަމަލާ ވަނީ ފޮނުވައިލާފައެވެ.
މި މެޗްގައި ރެފްރީ ކާލޮސް ޑެލް ކެރޯ ވަނީ ޖުމްލަ 8 ރީދޫ ކާޑް ދައްކާފައެވެ. އޮސަސޫނާއަށް 5 ރީދޫ ކާޑް އަދި ސެވިއްޔާއަށް 3 ރީދޫ ކާޑްވަނީ ދައްކާފައެވެ.
ލީގްގައި ކުޅޭ ދެވަނަ މެޗްގައި އަމިއްލަ ދަނޑުގައި ކާޑިފް އާ ދެކޮޅަށް އޮސަސޫނާ ނިކުނައިރު، ދެވަނަ މެޗްގައި ސެވިއްޔާ ނިކުންނާނީ އަމިއްލަ ދަނޑުގައި ރިއާލް ވެލަޑޮލިޑް އާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!