މާލޭގެ ޓީޖެޓީ ސަރަހައްދުގައި ބަނދަރުކުރާ ރަށްރަށުގެ ފެރީތަކުން އަނެއްކާ ވެސް ފީ ނަގަން ފަށަން އެމްޕީއެލުން ނިންމައިފި އެވެ.

ޓީޖެޓީ އަކީ، ރަށްރަށަށް ބޭނުންވާ އަސާސީ މުދާ ބަލާ މާލެ އަންނަ އުޅަނދުފަހަރާއި ފެރީތައް އާންމުކޮށް ބަނދަރުކުރާ ސަރަހައްދެވެ.

Ad
rt

އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އެ ބަނދަރަށް ކައިރިކުރާ އުޅަނދުތަކުން ފީ ނުނަގާގޮތަށް ދިން ލުއި އުވާލަން ނިންމާފައި ވާ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އެ ލުއިތައް އުވާލާނެ ކަމަށް ބުންޏެވެ.

ކޯވިޑުގެ ކުރިން މި އަގުގެ ގޮތުގައި ނެގީ މީޓަރަކަށް 1ރ އެވެ. އެކަމަކު މިހާރު އަގު ބޮޑުކޮށް މީޓަރަކަށް 10ރ ނަގަން ވަނީ ނިންމާފަައެވެ.