ސިޔާސީ ޕާޓީތަކުން މީޙުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ޔަގީންކުރުމަށް ލިސްޓު އާންމުކޮށްފިއެވެ.
އެއް ޕާޓީގައި ހުންނަ މީހާ އަނެއް ޕާޓީއަށް ރަޖިސްޓްރީ ކުރުމާއި، ނޭނގި ޕާޓީތަކުގައި މީހުން ރަޖިސްޓްރީކޮށްފައި ހުންނަ މައްސަލަތައް ފެންމަތިވާވަރު ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ އައު އުސޫލުތަކެއް ހަދާފައެވެ. އެގޮތުން މިހާރު ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެ ފޯމުތަކުގެ ލިސްޓު އާންމުކުރެއެވެ.
މިއީ އެ ކޮމިޝަނުން މި އުސޫލަށް އަމަލުކުރަން ފަށައި ލިސްޓު އާންމުކުރި ފުރަތަމަ ފަހަރެވެ. އެ ކޮމިޝަނުން ބުނީ އާންމުކޮށްފައިވާ ލިސްޓުގައި ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި، ޕާޓީގެ ނަން ލިސްޓުގައި އާންމުކޮށްފައިވާ ކަމަށެވެ.
ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!