އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފިއެވެ.
"ނިޕޯން މެޓެކްސް" ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއާ މެނޭޖަރު ހެންރީ އެންގް އެވެ.
މި ޕެއިންޓަކާ ބާޒާރުގައި ލިބެން ހުންނަ އެހެން ޕެއިންޓާ އަޅާ ބަލާއިރު ހެޔޮ އަގުގައި ލިބެން ހުންނަ ޕެއިންޓެކެވެ. އަދި ނިޕޯންގެ މިޕެއިންޓް އެހެން ޕްރޮޑަކްޓްތަކާއި ތަފާތުވާ އެއް ސަބަބަކީ މިޕެއިންޓް ލިބެންހުންނާނީ 7 ލީޓަރު އަދި 20 ލީޓަރު ޕެކިންގް ގައި ކަމަށް ވުމެވެ.
އެހެން ނިޕޮން ޕެއިންޓް ކުލަތައް ފަދައިން މި ޕެއިންޓަކީ މިކްސް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ. އެހެންވެ، ކުލަލުމަށް ފަސޭހަވެ ، މަސައްކަތައް ހޭދަވާ ވަގުތު ކުޑަކޮށްދެއެވެ.
ނިޕޮން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންތި، ކޮންކްރީޓް ، ސީލިން ، ޕްލަސްޓަރު ވޯލް ފަދަ ތަންތަނުގައި ފަސޭހައިން ލެވޭ މެޓް ފިނިޝިންއެއް ހުންނަ ޕެއިންޓްއެކެވެ. މެޓެކްސްއަކީ ވޯޓަ-ބޭސްޑް، އެއްވެސް ލީޑް އަދި މާކިއުރީ އެއް ނުލާ އުފައްދަފައިވާ ޕެއިންޓްއެކެވެ.
މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރަނީ "ޝޭޑްސް އޮފް ވައިޓް" ގެ ކުލަތަކެކެވެ.
1955 ވަނަ އަހަރު އުފައްދާފައިވާ ނިޕޮން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ.
އެ ކުންފުނިން ދުނިޔޭގައި ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ތައާރަފްކުރުމުގައި އެންމެ އިސްކަންދީފައިވަނީ ކޮންމެ ބޭނުމަކަށްވެސް ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!