ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި ހުތުރުކަން ބޮޑު އަމަލުތަކެއް ހިންގަން މަޖުބޫރުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހަކު ކުށް ސާބިތުނުވެ، މިނިވަންވެއްޖެ އެވެ.
ސ. މަރަދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރުތަކެއް ރެކޯޑް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލާގަ އެވެ.
ދައުލަތުން ބުނާގޮތުން ބްލެކްމެއިލް ކުރުމުގެ ގޮތުން އެ މީހާ ވަނީ ކުރީގެ ލޯބިވެރިޔާއަށް އޭނާގެ ބައްޕައާ އެކު ޖިންސީ ގުޅުން ހިންގުމަށާއި އަދި އޭނާގެ ކޮއްކޮގެ ބަރަހަނާ ފޮޓޯ ހޯދުމަށް ވެސް މަޖުބޫރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ބްލެކްމެއިލްކުރަން ބޭނުންކުރި ކަމަށް ބުނާ ބަރަހަނާ މަންޒަރުތަކުގައި ހުރީ އަނިޔާލިބުނު މީހާގެ ބަރަހަނާ މަންޒަރުތަކެއް ކަން ކަށަވަރުނުވާ ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުގައި ބުނާ ކަމަށެވެ. އަދި ބްލެކްމެއިލް ކުރުމަށްޓަކައި ކުރި ފޯން ކޯލުގައި ވާހަކަ ދެއްކީ ދައުވާލިބޭ މީހާ ކަން ކަށަވަރުވާނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ބްލެކްމެއިލްކުރުމުގެ އިތުރުން މަރާލާނެ ކަމުގެ އިންޒާރު ދީފައިވާތީ ބިރު ދެއްކުމުގެ ދައުވާއެއް ވެސް އެ މީހާގެ މައްޗަށް ކުރި އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ އެ ދެ ދައުވާ ވެސް ސާބިތުނުވާ ކަމަށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!