ހަތް ފަަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ގަދަ 30 ކުޅުންތެރިންގެ ތެރެއިން ޖާގަ ގެއްލިއްޖެ އެވެ.

މިއީ 2005 އަހަރުން ފެށިގެން މިޖާގަ މެސީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. 17 އަހަރަށްފަހު ބާސެލޯނާގެ ޖާޒީ ބާލާ މިދިޔަ ސީޒަނުގައި ޕީއެސްޖީ ޖޯޒީގައި މެސީ ޖެހީ 11 ގޯލެވެ.

Ad
rt

މެސީގެ އިތުރުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް 28 މެޗުން 13 ގޯލު ޖެހި، ބްރެޒިލްގެ ނޭމާ ވެސް ބެލޮންޑިއޯ ގަދަ 30 ގައި ނެތެވެ. އަދި އަހަރުތަކަަށްފަހު މިފަހަރު މި މިލިސްޓްގައި ބާސެލޯނާގެ ކުޅުންތެރިޔަކު ނެތް ފުރަތަމަ ފަހަރެވެ.

ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ އޮކްޓޫބަރު މަހު 17 ވަނަ ދުވަހު ޕެރިހުގަ އެވެ.

މި ފަހަރުގެ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިން

  1. ތިބައު ކޯޓުއާ (ރެއާލް މެޑްރިޑް)
  2. ރަފައެލް ލެއާއޯ (އޭސީ މިލާން)
  3. ކްރިސްޓޮފާ އެންކުންކޫ (ލައިޕްޒިގު)
  4. ލުއިޒް ޑިއާޒް (ޕޯޓޯ-ލިވަޕޫލް)
  5. ކަރިމް ބެންޒެމާ (ރެއާލް މެޑްރިޑް)
  6. ރޮަބަޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް)
  7. ރިޔާދު މާރޭޒް (މެންޗެސްޓާ ސިޓީ)
  8. މުހައްމަދު ސަލާހު (ލިވަޕޫލް)
  9. ޔޯސުއާ ކިމިކް (ބަޔާން މިއުނިކް)
  10. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް (ލިވަޕޫލް)
  11. ވިނީޝިއުސް ޖޫނިއާ (ރެއާލް މެޑްރިޑް)
  12. ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)
  13. ކަސެމީރޯ (ރެއާލް މެޑްރިޑް)
  14. ސޮން މިން ހެއުން (ޓޮޓެންހަމް)
  15. ފަބީނިއޯ (ލިވަޕޫލް)
  16. މައިކް މައިންގްނޯން (އޭސީ މިލާން)
  17. ހެރީ ކޭން (ޓޮޓެންހަމް)
  18. ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)
  19. ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)
  20. ޑޫސާން ވްލަހޯވިޗް (ފިއޮރެންޓީނާ-ޔުވެންޓަސް)
  21. ވާޖިލް ވެން ޑައިކް (ލިވަޕޫލް)
  22. ޔާއޯ ކަންސޭލޯ (މެންޗެސްޓާ ސިޓީ)
  23. ކީލިއަން އެމްބާޕޭ (ޕީއެސްޖީ)
  24. އާލިން ބްރައުޓް ހާލަންޑް (ޑޯޓްމަންޑް)
  25. ޑާވިން ނޫނޭޒް (ބެންފީކާ)
  26. ފިލް ފޯޑެން (މެންޗެސްޓާ ސިޓީ)
  27. ސަޑިއޯ މާނޭ (ލިވަޕޫލް)
  28. ސަބެސްޓިއަން އަލެއާ (އަަޔަކްސް)
  29. ލޫކަ މޮޑްރިޗް (ރެއާލް މެޑްރިޑް)
  30. އެންޓޯނިއޯ ރޫޑިގާ (ޗެލްސީ)

އެންމެ ގިނައިން ބެލޮންޑިއޯ ހޯދުމުގެ ރެކޯޑް އޮތީ 7 ފަހަރު މި އެވޯޑް ހޯދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަތުގަ އެވެ. މެސީ، ބެލޮންޑިއޯ އެވޯޑް ހާސިލްކުރި އަހަރުތަަކަކީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 އެވެ.

ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން މީގެ ކުރިން ބެލޮންޑިއޯ އެވޯޑް ކަލަންޑަރު އަހަރަކު އެއްފަހަރު ދެމުން އައި ނަމަވެސް މި އެވޯޑް ސީޒަނަކު އެއްފަހަރު ދޭ ގޮތަށް އެވޯޑްގެ ފޯމެޓް ވަނީ ބަދަލުކޮށްފައެވެ. އެ ނިންމުން ނިންމީ މި އަހަރު މާރިޗް މަހު އެވެ.