މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.
މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފަންނީ މުވައްޒަފުން ބިނާކުރުމަށް ދޭ 7 ސްކޮލާޝިޕެއް މެނޭޖްކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީންނެވެ. މި ސްކޮލަރޝިޕްތަކަށް ފަންޑުކުރާނީ އެމްޕީއެލުންނެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މި ސްކޮލާޝިޕްތަކަކީ އެމްޕީއެލްގެ ދާއިރާތަކާ ގުޅުންހުރި ސްކޮލާޝިޕްތަކެއް ކަމަށެވެ. އެގޮތުން، އެއް ސްކޮލާޝިޕް ޚާއްސަކުރެވެނީ މަތީ ސާނަވީ ތައުލީމު ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނިފައިވާ ދަރިވަރަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ބާކީ 6 ސްކޮލަރޝިޕް ޝަރުތު ހަމަވާ ކުދިންނަށް ދެވިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލް އިން ސްކޮލާޝިޕް ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
* ޕޯޓް އޮޕަރޭޝަންސް: 2 ސްކޮލާޝިޕް
* އިންޖިނިއަރިން: 3 ސްކޮލާޝިޕް
* އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ: 1 ސްކޮލާޝިޕް
* އެކައުންޓިން އެންޑް ފައިނޭންސް: 1 ސްކޮލާޝިޕް
We're delighted to have signed an MoU with @MoHEmv to offer scholarships to students who have completed their Higher Secondary Education.
For the year 2022, a total of 7 fully funded scholarships are to be awarded. We will be announcing the application dates soon. pic.twitter.com/dyW2BHpwpU
— Maldives Ports Limited (@Portmv) August 9, 2022
މިއީ އެމްޕީއެލްގެ އިންސާނީ ވަސީލަތްތައް އިތުރުކޮށް ތަރައްގީކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ޕޯޓުގެ ދާއިރާއަކީ ވަރަށް ހީވާގި ފަންނީ މަސައްކަތްތެރިން ބޭނުންވާ ދާއިރާއެއް ކަމަށާއި، މި ދާއިރާތަކަށް ތައުލީމީ ޒުވާނުން ނެރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!