މާލޭގައި ފިހާރައަށް ދިޔަ އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.

ބަންގަލްދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ޝަކީލް ހުސައިންގެ މައްޗަށް ދައުލަތުން ޖިންސީ ގޯނާގެ ދައުވާކުރީ އޭނާ 2020 ވަނަ އަހަރު މަސައްކަތްކުރި ފިހާރައަށް މިރުސް ގަންނަން ދިވެހި އަންހެނަކު ދިއުމުން އޭނާގެ އުރަމަތީގައި ހިފި ކަމަށް ބުނެ އެވެ. އެ އަމަލު ހިންގި ކަމަށް ބުނަނީ އަންހެން މީހާގެ ކޮއްކޮއާ އެކު ފިހާރައަށް ދިޔަ ވަގުތެއްގަ އެވެ.

Ad
rt

ހުކުމުގައިވަނީ އަންހެން މީހާ ބުނާ ބުނުން ފިޔަވައި މަންޒަރު ފެނުނު އިތުރު ހެއްކެއް ނެތް ކަމަށެވެ. އަދި ސީނަށް ދެ ފުލުހަކު އަންހެން މީހާ ކިޔައިދިން ވާހަކަތައް ކޯޓުގައި ކިޔައިދިނަސް، އެ މީހުންގެ ބަހަށް ބާރުދޭނެ ހެއްކެއް ނެތް ހުކުމުގައިވެ އެވެ.

އަންހެން މީހާގެ ކޮއްކޮ ވެސް ކޯޓުގައި ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ބިދޭސީ މީހާގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައިވެ އެވެ.