މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މިކަން ވަނީ މިޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ޒުވާން ދިވެހި ފިރިހެނެކެވެ.

މަރާލާފައި އޮއްވާ ފެނިފައި ކޮން އުމުރެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްތަކާއި އެކު މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި އަންހެނެކެވެ.

އެއަންހެން މީހާ ފެނިފައި ވަނީ ޗީބޯ ގޯޅި ތެރޭގައި ހުންނަ ހ. ޝީރީން ވިލާ އިންނެވެ.